މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: 220599

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1 (އެކެއް)

އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ސެކްސަން: ކޯޕަރޭޓް އެފެއާޒް

މުސާރަ: -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގުރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ"ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި، ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީއާބެހޭ ރެކޯޑުތައް ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

2- ކައުންސިލް އިދާރާއަށް އަންނަ ލިޔެކިއުންތައް ކައުންސިލްގެ ރައީސަށް ދެއްކުމަށްފަހު، ދުވަހުން ދުވަހަށް އެންޓްރީކޮށް، ހަވާލުކުރަންޖެހޭ ސެކްޝަންތަކުގެ މުވައްޒަފުންނާ ހަވާލުކުރުން. (ޖެމްސް ބެލެހެއްޓުން)

3- މުވައްޒަފުންގެ ދުވަހު ހާޒިރީއާބެހޭ މަޢުލޫމާތު، ޒިންމާދާރު ވެރިޔާއަށް ރިޕޯޓްކުރުން.

4- މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންކަން، ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން ކުރިޔަށް ގެންދިޔުން.

5- މިސްކިތްތަކުގެ އިމާމުންނައި މަސައްކަތު މީހުން ޗުއްޓީއަށް އެދުމުން، ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭނެ މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމާއި، މުވައްޒަފުން ޢައްޔަންކުރުމުގެ މަސައްކަތް، ޒިންމާދާރު ވެރިޔާގެ އިރުޝާދުގެދަށުން ކުރިޔަށް ގެންދިޔުމާއި، ވޭޖް އެމްޕްލޯއިމްނަޓުގެ ދަށުން ގެންގުޅޭ މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓުން.

6- މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުން.

7- ރަށު ކައުންސިލް އިދާރާގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއި، ސަރުކާރުގެ އޮފީސްތަކަށް އަންނަ ބަދަލުތަކާއި، މުވައްޒަފުންނަށް އަންނަ އެކިއެކި ބަދަލުތަކާ ގުޅިގެން ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔުން.

8- ބޭންކް އެކައުންޓްތަކުގެ ތަފްސީލާއި ރެކޮންސިލޭޝަން ސްޓޭޓްމަންޓްސް ތައްޔާރުކުރުން.

9- ކައުންސިލަރުންގެ ހާޒިރީ ބެލެހެއްޓުމާއި، ޗުއްޓީ ރެކޯޑު އަޕްޑޭޓް ކުރުން.

10- ކައުންސިލް އިދާރާގެ ފަރާތުން ބާއްވާ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ދެންނެވުމާއި، އެކަންކަމުގެ އިންތިޒާމުތައް ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.

11- މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީ ބެލެހެއްޓުން.

12- އިދާރާއާ ގުޅުންހުރި ސްޓޮކާއި އިންވެންޓްރީއަށް ބޭނުންވާ ހުރިހާ ސާމާނު، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގަތުމުގެ މަސައްކަތް ކުރުން.

13- ގެއްލިގެން ހޯދާ މީހުންނާއި ތަކެއްޗާ ބެހޭގޮތުން އަންނަ ސިޓީ މެސެޖަށް ޖަވާބުދިނުން.

14- މުވައްޒަފުންގެ ކަންކަމާ ބެހޭގޮތުން ބާއްވާ އެކިއެކި ވޯކްޝޮޕްތަކާއި ސެމިނާރުތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުން.

15- ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުން.

16- ޙައްލުކުރެވިފައިވާ މަސައްކަތްތަކާބެހޭ ލިޔުންތައް ބެލެހެއްޓުމާއި، ފިޔަވަޅުއަޅައި ނިމޭ މައްސަލަތައް ގަވާއިދާ އެއްގޮތަށް ފައިލްކުރުން.

17- ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

18- ކަންސިލް އިދާރާގެ އެހެން މުވައްޒަފަކު ކައުންސިލް އިދާރާގެ މަސައްކަތާ ގުޅޭގޮތުން އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަމެއް ފޯރުކޮށްދިނުން.

 

ވަޒީފާށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  ރ. އުނގޫފާރުގައެވެ.  އިންޓަވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި، ގަޑިއާއި، ތަނާބެހޭ މަޢުލޫމާތު، ހުށަހަޅާފައިވާ ފަރާތްތަކަށް، މަސައްކަތު 5 ދުވަހުގެ ކުރިން، މި އިދާރާއިން އަންގާނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ފޯމް ހުށަހަޅަން ހާޒިރުވާއިރުގައްޔާއި، އިންޓަރވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިންޓަވިއު:

މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަނޅު ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތޫ:

ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، ރ. އިންނަމާދޫ ކައުންސިލް އިދާރާގެ 6580052 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކުސް ނަންބަރަކީ، 6580052 އެވެ. މެއިލް އެޑްރެހަކީ، [email protected] އެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ