މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކުގެ ވަށާފާރު ރޭނުމާބެހޭ

އިޢުލާން

ޕާކުގެ ވަށާފާރު ރޭނުމާބެހޭ

މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ 2 ޕާކުގެ ތެރެއިން ރަށުގެ ހުޅަނގުކޮޅުގައި ހެދުމަށް ހަމަޖެހިފައިވާ ޕާކުގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު IUL)311/311/2016/19)ފ(18 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ