ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1437 ވަނައަހަރުގެ އަތޮޅު ޤުރުއާން މުބާރާތާބެހޭ

އިޢުލާން

1437 ވަނައަހަރުގެ އަތޮޅު ޤުރުއާން މުބާރާތާބެހޭ

1437 ވަނައަހަރުގެ ހދ.އަތޮޅު ޤުރުއާން މުބާރާތް 31 މާރިޗު 2016 ން 02 އެޕްރީލް 2016 އަށް ހދ.ނެއްލައިދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ފޮޓޯއާއި ވީޑިއޯ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

މިމަސައްކަތް ކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 22 މާރިޗު 2016 ވާ އަންގާރަަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ