މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

މި އިޢުލާންވަނީ 09 މާރިޗު 2016 19:09 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/10,000

އެލަވަންސް:

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހަކަށް -/135 ރުފިޔާ

ސަރވިސް އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

ފޯން އެލަވަންސް: -/300 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އިތުރުގަޑި:

ރަސްމީގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ނުވަތަ ޝަރީޢާ، ޤާނޫނީ، މާސްޓަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ނުވަތަ ޝަރީޢާ، ޤާނޫނީ، ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ދިވެހި، އިނގިރޭސި އަދި ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  4. މައިކްރޮސޮފްޓް ޕެކޭޖް ބޭނުންކުރަން އެނގުން.
  5. ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  6. ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

 

  • ޙައްޖު/ޢުމުރާގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  • ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ރާވައި ބެލެހެއްޓުން
  • މައްކާ/މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް އިންތިޒާމުކުރުން
  • ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ޙައްޖު/ޢުމުރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވައި ހިންގުން
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
  • ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  • ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޢަރަބިބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އަދި އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ޙާޖީންނަށް ދީނީ ނަސޭހަތް ދިނުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީގަޑި (ހެނދުނު 08:00 އިން ހަވީރު 16:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަންޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭނެ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ

ސުންގަޑި:

17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވިގެންދާނީ އިންޓަރވިއު ކުރެވިގެންނެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

09 މާރިޗު 2016
ހޯދާ