މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ސްކޫލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް އަދި އާ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. ނޮޅިވަރަމު ސްކޫލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް އަދި އާ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ހދ. ނޮޅިވަރަމު ސްކޫލުގެ ކުދިން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް އަދި އާ ފާޚާނާބަރިއެއް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން 8 ފެބުރުވަރީ 2016 ގައި ނޮޅިވަރަމު ސްކޫލުން ކުރެވުނު ނަންބަރު GS-090-HH/2016/10 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަގުބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00

21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ