ދިވެހިރާއްޖެ
އިޢުލާން
ޑިރެކްޓަރކަމުގެ ވަޒީފާގެ ފުރުޞަތު:
މި ކޯޓުން 12 ނޮވެންބަރު 2015 ގައި ކޮށްފައިވާ IUL)95-A/1/2015/23) ނަންބަރުގެ އިޢުލާނު ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ބަޖެޓް އޮފިސަރ |
މަޤާމުގެ ރޭންކް: MS1 |
||
ކޯޓް / ސެކްޝަން |
ހައިކޯޓު، ބަޖެޓް ސެކްޝަން |
|||
މުސާރައާއި ޢިނާޔަތްތައް |
||||
އަސާސީ މުސާރަ: |
މަހަކު -/5،610 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2،000 ރުފިޔާ |
|
ލިވިންގ އެލަވަންސް: |
މަހަކު -/2،850 ރުފިޔާ |
ޖުޑީޝަލް އެލަވަންސް (މުސާރައިގެ %45) |
2،524/50 ރުފިޔާ |
|
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- ފައިނޭންސް ސެކްޝަނުގެ އެންމެހައި ފައިސާއާބެހޭ ހުރިހާ މަސައްކަތްތައް ޑިރެކްޓަރގެ ލަފާގެމަތިން ކުރުން: 2- 97 ނަންބަރު (ބަޖެޓް) އެކައުންޓް ގަވާއިދާ އެއްގޮތަށް އެކައުންޓުން ޚަރަދުކުރުމާއި، އެކައުންޓް ބަލަހައްޓައި ރިކޯޑް ބެލެހެއްޓުން. 3- 97 ނަންބަރު އެކައުންޓުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެވެސް 14 ވަނަދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން. 4- ކޯޓުގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 5- ޖެހިގެން އަންނަ އަހަރުގެ ބަޖެޓް ޑެޑްލައިނަށް ނިންމުން. 6- ހިނގާ އަހަރުގެ އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތުތައް ހޯދައި، ކަނޑައެޅިފައިވާ ތާރީޚަށް އަހަރީ ރިޕޯޓް ނިންމާފައި އެޑްމިން ސެކްޝަނާ ހަވާލުކުރުން. 7- ކޯޓުން ބަލައިގަންނަފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުމުގެ އެންމެހައި ކަންތައްތައް ކުރުން. 8- ޑިޕޮޒިޓްގެގޮތުގައި ބަހައްޓާ ފައިސާ އޭގެ ޙައްޤު ވެރިންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި އެފާރާތްތަކަށް ހަވާލުކުރުން. 9- 1066 ނަންބަރު އެކައުންޓުގެ ރިޕޯޓް ތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން. 10- 1066 ނަންބަރު އެކައުންޓުގައި ހުންނަ ފައިސާގެ ތަފްސީލް އަޕްޑޭޓްކޮށް ބެލެހެއްޓުން. 11- 191 ނަންބަރު އެކައުންޓުގެ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެވެސް 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން. 12- ޑިރެކްޓަރގެ ލަފާގެމަތިން ތިޖޫރީ ބެލެހެއްޓުމާއި، ޕެޓީކޭޝް ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހު ތިޖޫރީބާކީގެ ރިޕޯޓް ޑިރެކްޓަރގެ ލަފާގެމަތިން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން. 13- ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއްކުރުން. 14- މަތީގައިވާ ކަންކަމުގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައިވެސް، ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން. |
|||
ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި: |
|
|||
އިތުރު އިރުޝާދު: |
|
|||
ޕޮއިންޓް ދެވޭގޮތް: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40 - ލިބިފައިވާ ތަޖުރިބާ: % 8 - ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު): %40 - މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): % 7 - މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): %2.5 - މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާގު: (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): %2.5 |
|||
ސުންގަޑި: |
2016 މާރިޗު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ. |
|||
އިތުރު މަޢުލޫމާތު: |
3325029 ނަންބަރު ފޯނުން އިތުރު މަޢުލޫމާތު ލިބޭނެއެވެ. |
|||
27 ޖުމާދަލްއޫލާ 1437 |