މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޝުއަރެންސް ޕޮލިސީއެއްތައްޔާރުކޮށް ޚިދުމަތްދޭނެ ކުންފުންޏެއް ހޯދުމަށް

އިޢުލާން

މިއޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ދިވެހިރާއްޖޭގައި ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން މިއޮތޯރިޓީގައި ރަޖިސްޓަރީ ކޮށްގެން ދުއްވާ އުޅަނދުތަކަށް އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެފަދަ "ޓޯޓަލް ލޮސް" އިންޝުއަރެންސް ޕޮލިސީއެއް ތައްޔާރުކޮށް އެ ޚިދުމަތް ފޯރުކޮށްދޭނެ ކުންފުންޏެއް ހޯދުމަށް މިއިދާރާއިން ކުރެވުނު ނަންބަރު: IUL)202-A/1/2016/32)ފ(2016 ފެބުރުވަރީ 29) ގެ އިޢުލާނަށް ކުރިމަތިލައްވާފައިވަނީ 02 ފަރާތަކުންނެވެ.

ވީމާ، ދެންނެވިފައިވާ އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނިތަކުން 2016 މާރިޗު 14 ވާ ހޯމަދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 21 ވާ ހޯމަދުވަހުގެ 13:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ