މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ ހުޅުމާލެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް 01 ކާގޯ ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން)

އެމްޓީސީސީގެ ހުޅުމާލެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް މި ކުންފުނިން ބޭނުންވާ މިންގަނޑުތަކަށް ފެތޭ 01 ކާގޯ ފެރީ ކުއްޔަށް ހޯދުމަށް ކުރި އިޢުލާން (ނަންބަރު: MTCC-PD/IU/2015/0192) އާ ގުޅިގެން ހާޒިރުވެލައްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2016 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް މީޓިންގރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މާރިޗު 2016 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

07 މާރިޗު 2016
ހޯދާ