މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސް މަހިޑޯލް އެވޯޑު ކޮންފަރެންސް 2017 އަށް ރިސާޗް އެބްސްޓްރެކްޓް އަދި ކޭސަސް ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

ޕްރިންސް މަހިޑޯލް އެވޯޑު ކޮންފަރެންސް 2017

2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޕްރިންސް މަހިޑޯލް އެވޯޑު ކޮންފަރެންސް" އަށް "ރިސާރޗް އެބްސްޓްރެކްޓް އަދި ކޭސަސް" ހުށަހެޅުމުގެ ފުރުޞަތުު ވަނީ ޤައުމުތަކަށް ހުޅުވާލާފައެވެ. އެގޮތުން މި ފުރުޞަތު ދިވެހިރާއްޖެއަށްވެސް ވަނީ ލިބިފައެވެ.

މި ކޮންފަރެންސަށް ރިސާރޗް އެބްސްޓްރެކްޓް އަދި ކޭސަސް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 2016 މާރިޗު 28 ވާ ހޯމަދުވަހުގެ ކުރިން ކޮންފަރެންސްގެ ވެބްސައިޓަށް www.pmaconference.mahidol.ac.th އަށް ރިސާރޗް އެބްސްޓްރެކްޓް އަދި ކޭސަސް ފޮނުއްވުމަށް ދަންނަވަމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.pmaconference.mahidol.ac.th/index.php?option=com_docman&task=doc_download&gid=1121

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ