ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ސަވައިވަލް ސެންޓަރުގައި އާޖެންޓްކޮށް ކުރަން ހުރި މަރާމާތު

އިޢުލާން

ސަވައިވަލް ސެންޓަރުގައި އާޖެންޓްކޮށް ކުރަން ހުރި މަރާމާތު

މި ސެންޓަރުން ކުރި ނަންބަރު: 153-CMS/2016/01 އިޢުލާން، (އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ) ބާޠިލު ކުރުމަށްފަހު އަލުން އެ މަސައްކަތްތައް ކުރުމަށް އިޢުލާން ކުރަމެވެ. ވީމާ، މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންގތައް ބާއްވާ ސާރވައިވަލް ކޮމްޕްލެކްސް/ވިލިނގިލީގައި ތިރީގައިވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ލައިފްބޯޓް ނަގައި ތިރިކުރާ ޑެވިޓުގައި ހަލާކުވެފައިވާ ދަގަނޑުބައި ކަނޑައި ނަގައި އާ ބައެއް ހަރުކުރުމާއި ވެލްޑިންގ ކުރުން

2- މި ސަޕޯޓްގައި ހަރުކޮށްފައިވާ ސޭފްޓީ ޕިން (ދަގަނޑު ލީވަރ) މަރާމާތު ކުރުން

3- ޑެވިޓްގެ ތިރީ ފައުންޑޭޝަންގައި ތުނިވެފައިވާ ތަންތަން ކަނޑައި ނަގައި އާޕްލޭޓް ވެލްޑިންގ ކުރުން

4- ޑެވިޓުގައި އިލެކްޓްރިކް ވޯޓަރޕްރޫފް ލައިޓެއް ހަރުކޮށް ވައިރުކުރުމާއި، ކަރަންޓު ގުޅައިދިނުން

5- ބޯޓު މައްޗަށް ނަގާއިރު އޮޓޮމެޓިކުން މޯޓަރުގެ ކަރަންޓް ކެނޑޭގޮތަށް ލިމިޓް ސްވިޗެއް ހަރުކުރުން (ވޯޓަރޕްރޫފް)

6- މޫދުން އެއްގަމަށް އެރުމަށް ކީވޯލްގައި ހަރުކުރާ ސިޑި، އަޅުވައި ނެއްޓޭގޮތަށް ކީވޯލް މަތީގައި ދެ ބޯލްޓް ހަރުކުރުން

7- އަލިފާން ނިއްވުމަށް ބޭނުންކުރާ ކޮންޓެއިނަރގައި ފޫގޮސްފައިފައިވާ ތަންތަން ދަގަނޑު ޕްލޭޓް އަޅައި ވެލްޑިންގކުރުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ. 

މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތަކާބެހޭ އިތުރު ތަފުސީލު ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ކ.ވިލިނގިލީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

15 މާރިޗު 2016

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

20 މާރިޗު 2016

11:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ