އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

މަޤާމު

އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3)

ބޭނުންވާ އަދަދު:

1 (އެކެއް)  

މުސާރަ:

-/4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް

 އަސާސީ މުސާރައިގެ %35

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ މާލެ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެންކޮނޮލޮޖީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީއާ ގުޅޭ އެހެނިހެން ވަސީލަތްތައް ބެލެހެއްޓުން.
  • އިންފޮރމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އާލާތްތައް ހޯދައި މަރާމާތުކޮށް ބެލެހެއްޓުން.
  • އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކާއި ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  • އޮފީހުގެ ފޯނާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  • އޮފީހުގެ އީމެއިލް އެކައުންޓްތައް ހެދުން.
  • އޮފީހުގެ އިންޓަރނެޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ޖެމްސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައްކުރުން.
  • ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން އޮފީހުން ބޭނުންކުރާ އޮޕަރޭޓިންގ ސިސްޓަމްތަކާއި ސޮޕްޓްވެއަރތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  • އޮފީހުގެ ވެބްސައިޓާއި އެމްވީ ލޯ ސައިޓް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.
  • މީގެއިތުރުންވެސް އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

2016 ވަނަ އަހަރުގެ މާރިޗުމަހުގެ ފަހުކޮޅު ނުވަތަ އެޕްރީލްމަހުގެ ކުރީކޮޅު، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 މާރިޗު 2015 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ.
  2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ.
  3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  5. ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ