އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި

ކުލެސިފިކޭޝަން

އެމް.އެސް.3

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3

ބޭނުންވާ އަދަދު:

01

މުސާރަ:

-/7,035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 (ދެހާސް) ރުފިޔާ

އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް

(އަސާސީ މުސާރައިގެ %35)

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް، ކްލެމެންސީ ބޯޑު / މާލެ.

މަޤާމުގެ ޝަރުޠުތައް:

 

 

 

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  1. ކްލެމެންސީ ބޯޑުގެ ދާއިމީ މެމްބަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކްލެމެންސީ ބޯޑުގެ އިދާރީ އެންމެހައި މަސައްކަތެއް ރާވައި ހިންގައި ބެލެހެއްޓުން.
  2. މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އިލްތިމާސްތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކުން ގަވާއިދުން ހޯދުމާއި، ބޯޑުގެ މަސައްކަތާ ގުޅިގެން އިންޓަރވިއުކޮށްގެން ހޯދަންޖެހޭ މަޢުލޫމާތުތައް ގަވާއިދުން ހޯދުމާއި، ކްލެމެންސީ ބޯޑުގެ މަސައްކަތާ ގުޅިގެން އަންނަ ސިޓީތަކަށް ބޯޑުގެ މެންބަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ޖަވާބުދީ، ރެކޯޑުތައް ގަވާއިދުން އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ކްލެމެންސީ ބޯޑުގެ މެންބަރުންގެ ސެކްރެޓޭރިއަޓާ ގުޅުހުންހުރި އެންމެހައި މަސައްކަތެއް އިންތިޒާމުކުރުމާއި، ބޯޑުގެ ބައްދަލުވުންތަކާއި ޖަލްސާތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި ރަސްމީ މަސައްކަތުގައި ކުރަންޖެހޭ ދަތުރުފަތުރު އިންތިޒާމުކުރުން.
  4. ކްލެމެންސީ ބޯޑުގެ މެންބަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ބޯޑާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  5. ކްލެމެންސީ ބޯޑަށް ބޭނުންވާ އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރުކޮށްދިނުމަށް އެހީތެރިވެދިނުން.
  6. ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބޯޑުގެ މަސައްކަތްތައް ހަލުވި ކުރެވޭނެ ގޮތްތައް ދެނެގަނެ، ބޯޑަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ޔުނިޓާ ގުޅުންހުރި އައިޓީ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ހަރުދަނާކުރުން.
  7. ކްލެމެންސީ ބޯޑުގެ ވެބްސައިޓު ތައްޔާރުކޮށް ބެލެހެއްޓުމާއި ގަވާއިދުން އާންމުކުރަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް އާންމުކުރުމާއި، ބޯޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  8. ކްލެމެންސީ ބޯޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން އެކުލަވާލަންޖެހޭ ނުވަތަ އިޞްލާޙުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  9. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިންގުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

މާރިޗުމަހުގެ ފަހުކޮޅު ނުވަތަ އެޕްރީލްމަހުގެ ކުރީކޮޅު އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 މާރިޗު 2016 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ؛
  3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ؛
  5. ފުރިހަމަ ކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ؛
  7. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

26 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ