އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑް ކޮންސަލްޓެންޓް ހޯދުމަށް

މަޤާމް :ލީގަލް އެއިޑް ކޮންސަލްޓެންޓް
ބޭނުންވާ އަދަދު :2

އިޢުލާން

މަޤާމު

ލީގަލް އެއިޑް ކޮންސަލްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ލީގަލް އެއިޑް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

2 (ދޭއް)

ބާވަތް:

2 އަހަރު ދުވަހުގެ ކޮންޓްރެކްޓް

މުސާރަ:

-/11,240 (އެގާރަހާސް ދުއިސައްތަ ސާޅީސް) ރުފިޔާ

އެލަވަންސް:

-/7,534 (ހަތްހާސް ފަސްސަތޭކަ ތިރީސް ހަތަރެއް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ މާލެ

މަޤާމުގެ ޝަރުޠުތައް:

  • ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ އޮތުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

1- ލީގަލް އެއިޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތައް ކަނޑައެޅުމަށް އެހީތެރިވެދިނުމާއި، އެ ފަރާތްތަކުގެ ތަޙުޤީޤީ މަރުޙަލާއާއި ޝަރުޢީ މަރުޙަލާތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.

2- ލީގަލް އެއިޑްގެ މައްސަލަތަކާ ގުޅިގެން މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކަމާބެހޭ ކޯޓުތަކުންނާއި އިދާރާތަކުން ހޯދުމާއި، ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމާއި، އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ދާންޖެހޭ ތަންތަނަށް ދިޔުމާއި، މުވައްކިލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި ދިފާޢުކޮށްދިނުމާއި، އަދި މައްސަލައާ ގުޅިގެން ކުރަންޖެހޭ މިނޫންވެސް އެންމެހައި ކަމެއް، އެކަމެއް ކުރުމަށް ކަނޑައަޅާފައިވާ ވަގުތަކަށް ކޮށް ނިންމުން.

3- ލީގަލް އެއިޑް މައްސަލަތަކުގެ މަސައްކަތް ހިމެނޭ މަރުޙަލާގައި ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ތާރީޚާއި ވަގުތާއި އަދި އެކަންކަމުގެ ޙާލަތު އެނގޭނެ ސްޓޭޓަސް ރިޕޯޓް ކޮންމެ މަހަކު ތައްޔާރުކޮށް ނިންމުން.

4- ލީގަލް އެއިޑް މައްސަލަތަކުގައި މުވައްކިލުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ތެދުވެރިކަމާއި، ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއި މުޙްތަރިފުކަމާއެކު މަސައްކަތް ކުރުމާއި، މައްސަލައާބެހޭ މަޢުލޫމާތުތައް އެއްވެސް ފަރާތަކަށް ހާމަނުކުރުމާއި، މައްސަލަތަކާއި އެ މައްސަލަތަކާ ގުޅިގެން ލިބޭ މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން.

5- މިހާރު ޢަމަލުކުރަމުންދާ ލީގަލް އެއިޑް އުސޫލު މުރާޖަޢާކޮށް އިޞްލާޙުކުރުމާއި، މި ނޫންވެސް ލީގަލް އެއިޑް މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

 

 

 

  • ދަށުކޯޓުތަކާއި މަތީކޯޓުތަކުގައި، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޤާނޫނީ އެހެނިހެން މަސައްކަތްތައް ކުރެއްވުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ބޭނުންވާ މިންވަރަށް މައިކްރޯސޮފްޓް ވާރޑް، އެކްސެލް، އަދި އެނޫންވެސް ކޮމްޕިއުޓަރާގުޅޭ އެހެނިހެން ހުނަރުތައް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ދިިވެހި އަދި އިނގިރޭސިބަހުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 މާރިޗު 2016 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ.
  2. އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ފޮޓޯކޮޕީ.
  3. ބެޗެލަރސް ޑިގްރީގެ ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯކޮޕީ.
  4. ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. (ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ.
  7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  8. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ