މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1437ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ

އިޢުލާން

1437ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ

1437 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން 2016 ފެބުރުވަރީ 14 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެކަމަށް ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް، ޕްރޮޕޯޒަލް ހުށަހެޅުމަށް ޚާއްޞަކޮށް މިނިސްޓްރީން ވިއްކާ "ޕްރޮޕޯޒަލްފޮތު" ގައެވެ. ޕްރޮޕޯޒަލްފޮތް 2016 މާރިޗު 13ވާ އާދީއްތަ ދުވަހުން ފެށިގެން 2016 މާރިޗު 15 އަށް ކޮންމެ ދުވަހަކު 8:00 އިން 12:30އަށް މިމިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ.

ޕްރޮޕޯޒަލްފޮތް ހުށަހެޅުމާ ބެހޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 2016 މާރިޗު 16ވާ ބުދަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ މީޓިންގރޫމުގައި އޮންނާނެއެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން އެއުސޫލުގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިސްތިސްނާ ވެގެންވެއެވެ.

ޕްރޮޕޯޒަލްފޮތް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1437 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯޒަލްތައް ހުޅުވާގޮތަށް ހަމަޖެހިފައިވަނީ 2016 މާރިޗު 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި، ޕްރޮޕޯޒަލް ހުށަހަޅުއްވާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލްފޮތް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ