ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ޔުނިފޯމު ފަރުމާކުރުން

މި ސްކޫލުގެ ޔުނިފޯމުތައް ފަރުމާކުރަން ބޭނުންވެގެން ކުރެވުނު އިޢުލާނު IUL)GZS/2015/38) އަށް ބިޑު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

ޔުނިފޯމު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ސެކަންޑް ޔުނިފޯމު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް ބަލައިގަތުން 2016 މާރިޗު 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސްކޫލުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނުވަތަ 3350775 ނަންބަރު ފޯނާއެވެ.

07 މާރިޗު 2016
ހޯދާ