މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާފުބޯފެން ރައްކާކޮށްދިނުމަށް އެހީތެރިވެދޭ ސްކީމަށް ބޭނުންވާ ކަޅުހަން ހޯދުމާބެހޭ

އިޢުލާން

ސާފުބޯފެން ރައްކާކޮށްދިނުމަށް އެހީތެރިވެދޭ ސްކީމަށް ބޭނުންވާ ކަޅުހަން ހޯދުމާބެހޭ

ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގައި އެހީތެރިވެދިނުމުގެ މަޤްޞަދުގައި ގާފަރު ކައުންސިލުން "ސާފު ބޯފެން ރައްޔިއްތުންނަށް" މިނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ސްކީމަށް ބޭނުންވާ 2500 ލީޓަރުގެ 41 ހަން އަދި 1500 ލީޓަރުގެ 12 ކަޅުހަން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ