ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
500 ފޮތް ޗާޕުކުރުން

ހައިކޯޓުން ދޭ ނަމޫނާއާ އެއްގޮތަށް 500 ފޮތް ޗާޕުކުރުން

ހައިކޯޓުގެ ނަންބަރު (IUL95-PM/1/2016/12) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ 3 ފަރާތް ބިޑް ހުށަހަޅާފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް 2ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް 500 ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިކޯޓުގެ މީޓިންގރޫމް 1 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

10 މާރިޗު 2016

ބުރާސްފަތި

10:00

އަންދާސީހިސާބު ހުށަހެޅުން

17 މާރިޗު 2016

ބުރާސްފަތި

10:00

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/16_bid_info._sheet_-_book.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ