މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އައި. އެން. ޑީ. ސީ އިމްޕްލިމެންޓޭޝަން ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓް ޓީމެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން އެކުލަވާލެވުނު އައު ޤާނޫނީ އެއްބަސްވުން، ޕެރިސް އެގްރީމަންޓަށް ދިވެހިރާއްޖެއިން ވަނީ އިންޓެންޑެޑް ނޭޝަނަލީ ޑިޓާރމައިންޑް ކޮންޓްރިބިއުޝަން (އައި.އެން.ޑީ.ސީ) އެއް ހުށަހަޅާފައެވެ. މި އެއްބަސްވުމަށް ރާއްޖޭގެ ފަރާތުން ހުށަހެޅި އައި.އެން.ޑީ.ސީ ގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް މިމިނިސްޓްރީން މިގެންދަނީ ކުރަމުންނެވެ. މިގޮތުން އައި.އެން.ޑީ.ސީގެ އިމްޕްލިމެންޓޭޝަން ޕްލޭން ހެދުމުގެ މަސައްކަތުގައި މިމިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓެންޓް ޓީމެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް ތިރީގައި ވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށް ޖެހޭވަރު އެނގޭ ގޮތަށް)
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސީވީ.       

މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ، 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 300 3004 960+ ފެކްސް: 301 3004 960+

އީމެއިލް އެޑްރެސް: [email protected]

07 މާރިޗު 2016
ހޯދާ