މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޤައުމީ ދިދަ ގަތުމާ ބެހޭ

އިޢުލާން

މި މިނިސްޓްރީއަށް 1500 ޤައުމީ ދިދައާއި، ދިދަ ދަނޑި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 15 ވަނަ ދުވަހުގެ މެންދުރު 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 20 ވަނަ ދުވަހުގެ މެންދުރު 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

27  ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ