މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ.ވަންދޫއާއި ރ.އިންނަމާދޫއާ ދެމެދު ފެރީ ދަތުރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތު

ރ.ވަންދޫއާއި ރ.އިންނަމާދޫއާ ދެމެދު ފެރީދަތުރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތު

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް، މާރިޗު 2016 އިން ފެށިގެން 30 ޖޫން 2016 އާ ހަމައަށް ރ.ވަންދޫއާއި ރ.އިންނަމާދޫއާ ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަމާގުޅޭ ޕްރޮޕޯޒަލް، (ދަތުރުކުރެވޭނެ އަގަކާއި (ޖީ.އެސް.ޓީ ހިމަނައިގެން)، އުޅަނދުގެ މަޢުލޫމާތާއި ފޮޓޯ، އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ސަލާމަތީ ސެޓުފިކެޓުގެ ކޮޕީއެއް ހިމެނޭގޮތަށް ތައްޔާރުކުރެއްވުމަށްފަހު) 14 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ދުވާލުކުރާ ދަތުރުތަކާއި ރޭގަނޑުކުރާ ދަތުރުތަކަށް ހުށަހަޅުއްވާ އަގު ވަކިވަކިން އެނގޭނެހެން ދެކޮޅު ދަތުރަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 ، ފެކްސް: 3018301

އީމެއިލް: [email protected]

ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ 2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯޒަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ނަންބަރު 3018419 ފޯނާ ގުޅުއްވުން އެދެމެވެ.

ފުރިހަމަވާންޖެހޭ ކަންތައްތައް:

  1. މަދުވެގެން 10 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ އުޅަނދެއް ކަމުގައިވުން.
  2. މުދަލާއި ފަސިންޖަރުން ވާރެއިން އަދި އަވިން ސަލާމަތް ވެވޭނެގޮތް އުޅަނދުގައި ހުރުން.
  3. ސަލާމަތީކަންކަން ފުރިހަމަކޮށްފައި ހުރުން.
06 މާރިޗު 2016
ހޯދާ