މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ

ދިވެހި ސަރުކާރާއި މަލްޓިލެޓަރަލް ބޭންކުތައް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސްކޭލިންގް-އަޕް އޮފް ރިނިއުބަލް އެނަރޖީ ޕްރޮގްރާމް (އެސްރެޕް)ގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މައިގަނޑު މަސައްކަތަކީ އެސްޕަޔަރ މަޝްރޫޢުގެ މަސައްކަތް ކޯޑިނޭޓްކޮށް ތަންފީޒުކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

- ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛

އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މިކަހަލަ މަޤާމެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން؛

މި ދާއިރާއާ ގުޅުންހުރި ސަރުކާރުގެ ވަޒީފާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ހަކަތައިގެ ދާއިރާގެ ޤާނޫނާއި ގަވާއިދުތައް ރަނގަޅަށް އެނގިފައިވުމާއި، އަދި މިކަމުގެ ފަންނީ ޢިލްމާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި މިފަދަ ނިޒާމުތަކުން އުފައްދާ ހަކަތަ ކަރަންޓުގެ ވިއުގައަށް ގުޅާލުމާބެހޭ މަޢުލޫމާތާއި މިދާއިރާގެ މާލީ އަދި ފަންނީ ކަންކަމާބެހޭ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމުގެ ސިޔާސަތުތަކުގައި ހުރި މައްސަލަތައް ފާހަގަކުރަން އެނގުމާއި، މިދާއިރާގެ ކުރިއެރުންތަކާބެހޭ މަޢުލޫމާތު ލިބިފައިވުމާއި، އިޢާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާ ކަމެކެވެ.

- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ވާރލްޑް ބޭންކުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން.

- އިނގިރޭސިއާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މީގެއިތުރުން ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑްބޭންކުގެ ކޮންސަލްޓެންޓުން ހޮވުމަށާއި، ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭ ފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/25,000 ރުފިޔާއާއި -/35,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ސައުވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 17 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗު/އެޕްރީލް 2016 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

06 މާރިޗު 2016
ހޯދާ