މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެންވަޔަރމަންޓް މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް އެންވަޔަރމަންޓް މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: (IUL)13-E/1/2016/1 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 08 ވާ އަންގާރަ ދުވަހު 11:00 އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

03 މާރިޗު 2016
ހޯދާ