މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން

މި ކުންފުނީގެ ތިލަފުށި ސައިޓުގައި ހުރި ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.

1- ނީލަން ކިއުން އޮންނާނީ 2016 މާރިޗު 13 ވާ އާދީއްތަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓްގެ ފުރަތަމަ ފަންގިފިލާ (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.

2- މި ތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށީ ސައިޓުގައެވެ.

3- މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެނދުނު 09:00 ން 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށީ ސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމު ހަމަޖެހޭނެެވެ.

4- ނީލަންކިޔަނީ ގާތްގަނޑަކަށް 400 ޓަނުގެ ބާދަގަނޑެވެ.

5- ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓުގައި ރަޖިސްޓަރީކުރެއްވުމަށްފަހު އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި -/10,000 ރ (ދިހަހާސް ރުފިޔާ) 13 މާރިޗު 2016 މި ދުވަހުގެ 13:45 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.

6- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑު އިވޭވަރަށް އަނގަބަހުންނެވެ.

7- ނީލަން ފެށޭނީ ޓަނަކަށް -/1,000 ރުފިޔާގެ ރޭޓުން -/400,000 (ހަތަރު ލައްކަ) ރުފިޔާއަށެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/500 (ފަސް ސަތޭކާ ރުފިޔާ) ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.

9- ނީލަން ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެވެ.

10- ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުން ގެންގޮސް ނިންމަންވާނެއެވެ،

11- ދަގަނޑު ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.

މި ނީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484/3001476 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

03 މާރިޗު 2016
ހޯދާ