ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:   

ދިވެހިބަހުގެ އެކެޑަމީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

  މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1،500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ބަހާބެހޭބައި   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

 

 

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެއިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ގަވާއިދު ކޮމިޓީގެ ކަންތައް ހިންގައި ބެލެހެއްޓުން.

2. އެކެޑަމީގެ ބޯޑުގެ ބައްދަލުވުންތައް އިންތިޒާމްކޮށް ހިންގުން.

3. އެކިއެކި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ގަވާއިދު ކޮމިޓީއަށް ހުށަހަޅާ މަސްއަލަތައް ކޮމިޓީއަށް ގެންދިއުމާއި، ކޮމިޓީން ނިންމާ ގޮތެއް އާންމުކުރަންޖެހޭ އުސޫލުގެމަތީން އާންމުކުރުން.

4. އެކެޑެމީގެ އެކިއެކި ހަރަކާތްތަކާއި އެއާ ގުޅޭ ފޮޓޯ ވެބްސައިޓަށްލުމާއި، މީޑިޔާއާ ގުޅިގެން އެކެޑެމީން ހިންގާ ކަންކަން ވިލަރެސްކުރުން.

5. ބަސްބަހާ ބެހޭގޮތުން އޮޅުން ފިލުވަން ކުރާ ފޯނުކޯލުތަކަށް ޖަވާބުދިނުން.

6. ދިވެހިބަހުގެ ގަވާއިދާ ބެހޭގޮތުން އާންމު ފަރާތްތަކުން  އަންނަ ސުވާލުތަކަށް އެކެޑަމީން ހަމަޖައްސާ  އުސޫލެއްގެމަތިން ޖަވާބުދިނުން.

7. ދުވަހު ނޫސްތަކާއި އާންމުކޮށް ނެރޭ ނޫސް މަޖައްލާގައި ހުންނަ ކުށްކުށާއި އެހެނިހެން ގޮތްގޮތުން ފާހަގަކުރެވޭ ކުށްތައް ފާހަގަކޮށް، އެއިގެ ރަނގަޅުގޮތް އެކެޑަމީން ހަމަޖައްސާ އުސޫލުގެމަތިން އާންމުކުރުން. 

8. ބަސް ހެޔޮގޮތުގައި ބޭނުންކުރުމަށް ހިންގޭ ޕްރޮގްރާމްތައް ހިންގުން.

9. ބަސް ޙިމާޔަތްކޮށް، ރައްކައުތެރިކޮށް ތަރައްޤީކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމްތައް ހިންގުން.

10. އަލަށް އުފައްދާ ބަސްތައް އިޝްތިހާރުކޮށް އާންމުކުރުން.

11. ދިވެހިބަހުގެ އެކެޑަމީން އިންފޮމޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން އެކެޑަމީގެ މަސްއޫލިއްޔަތާއި، ޚިދުމަތްތަކާބެހޭގޮތުންނާއި އެހެން މަޢުލޫމާތެއް ބޭނުންވެގެން އެދިއްޖެ ހިނދެއްގައި، އެ މަޢުލޫމާތެއް ދޭން އޮންނަ އުސޫލުގެމަތީން އާންމު ފަރާތްތަކަށް މަޢުލޫމާތު ދިނުން.

 

 

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. މި މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އެ ދާއިރާތަކުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމާއި ތަމްރީނު.
  2. ސިވިލް ސަރވިސްގެ މުހިންމު ޤަވާއިދުތައް އެނގި އޮޅުންފިލާފައި ހުރުން.
  3. ކުށެއްނެތް ސާފު ދިވެހިބަހުން ވާހަކަދައްކައި ލިޔެކިޔަން އެނގުން.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.
  5. ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެފަދަ މީހެއްކަމުގައިވުން.
  6. ބަސްކުރިއެރުވުމަށް ކުރެވޭ ތަފާތު ކަންކަމުގެ ޝައުޤުވެރިކަން ހުރުން.

 

 

ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

- މި މަޤާމަށް ޝޯޓް ލިސްޓް ކުރެވިގެން އިންޓަވިއުއަށް ކިޔޭނީ، ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެގޮތުން އެންމެ މަތީން މާކުސް ލިބޭ 10 ފަރާތަށެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓްތަކާއި އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭނޭ ގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ފޯމު ހުށަހަޅަންވީ ސުންގަޑި:

2016 މާރިޗުމަހުގެ 13 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1.30

ފޯމު ހުށަހަޅަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

 

 

އިތުރު މަޢުލޫމާތު:

- ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މި  އެކެޑެމީގެ  ކައުންޓަރުން،  ބަންދު  ނޫން ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ޢިއުލާނާއި ފޯމު ދިވެހިބަހުގެ އެކެޑެމީގެ ވެބްސައިޓް: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3345299 ނަންބަރު ފޯނަށް ނުވަތަ 3345297 ނަންބަރު ފޯނަށެއެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެ ހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑެމީގައެވެ.  

21 ޖުމާދަލްއޫލާ 1437

 

01 މާރިޗު 2016
ހޯދާ