އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ލެބޯޓްރީ އެސިސްޓެންޓް  

މަޤާމުގެ ނަންބަރު:

OD/22/2016/09‐ފ188

ބޭނުންވާ އަދަދު:

01

ރޭންކް:

ޖީ. އެސް 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދައިމީ

ސެކްޝަން:

އިދާރީ

މުސާރަ:

-/5020 ރުފިޔާ

ސާރވިސް އެލަވަންސް:

-/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު

 

1- ކިޔަވައިދެއްވާ މުދައްރިސުން އެދިލައްވާ ގޮތެއްގެމަތިން ލެބުގައި ޕްރެކްޓިކަލްސް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

2- ސައެންސް ލެބުގައި ހުންނަ އިކްއިޕްމަންޓްސްގެ ރަޖިސްޓަރީ ތައްޔާރުކޮށް ބަލަހައްޓަން ފަސޭހަވާނޭހެން ލޭބަލްކުރުން.

3- ސައެންސް ލެބްގެ ސްޓޮކް ދުވަހުން ދުވަހަށް ބަލަހައްޓައި، ޓީޗަރުންނަށް ދޫކުރާ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން.

4- ޓީޗަރުންގެ މަޝަވަރާއާއެކު ލެބުގައި މަދުވާ ކެމިކަލްސްއާއި، އިކްއިޕްމަންޓްސް ހޯދުމަށްޓަކައި ސެކްޝަންގެ އިސްވެރިޔާ މެދުވެރިކޮށް ބަޖެޓް ސެކްޝަނާ ވާހަކަދައްކައިގެން ހޯދުމަށް މަސައްކަތްކުރުން.

5- ސައެންސް ލެބުގައި ހުންނަ ކެމިކަލްސްތަކާއި އިކްއިޕްމަންޓްސް ރައްކާތެރި ގޮތުގައި ބެލެހެއްޓުން.

6- ސައެންސް ލެބުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަކުރާ ފަރާތްތަކަށް ސްކޫލް އިދާރާ މެދުވެރިކޮށް ފިޔަވަޅު އެޅުމަށް މަޝްވަރާދިނުން.

7- ސައެންސް ލެބުގައި ޕްރެކްޓިކަލްސް ލެސަންތައް ކުރިޔަށް ގެންދާއިރު މުދައްރިސުންނާއި ދަރިވަރުންނަށް އެހީތެރިވެދިނުމަށް ލެބުގައި ޙަރަކާތްތެރިވުން. 

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 10-17 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައެވެ. އެކަން މިމަދަރުސާއިން އެފަރާތްތަކަށް އަންގަވަމުން ގެންދާނެއެވެ.  

ސެޓުފިކެޓުތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:

- ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވުމަށް ގުޅުއްވާނީ އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. ފެކްސްނަންބަރަކީ (ނަންބަރު: 6680757) އެވެ. އީމެއިލްކުރައްވާނީ ([email protected]/[email protected]) އަށެވެ.

20 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ