މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތްލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ

ފޮތްލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ

މަދުރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖު 3 (ގްރޭޑް 7 އަދި 8 ) ޤުރުއާން، އިސްލާމް އަދި ދިވެހި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ލިޔެ، ލޭއައުޓް ހަދައި، ޕްރިންޓް ކުރުމާއި އަދި އެ ފޮތްތަކުގައި ހިމެނޭ ކިޔަވައިދިނުމާގުޅޭ ތަކެތި ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2016/22) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތަކުންކަމަށްވާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.                              

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މާރިޗު 07 ވަނަ ދުވަހުގެ 14:00 އަށް

2016 މާރިޗު 15 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

02 މާރިޗު 2016
ހޯދާ