ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން ( ޓްރޭނީ )

އިޢުލާން

ވަޒީފާގެ ފުރުޞަތު

  • މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން ( ޓްރޭނީ )

ރޭންކް:

ޖީ. އެސް 3

  • އަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު

  • އަސާސީ މުސާރަ:

-/4465 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަށް ފަސްރުފިޔާ)

  • މި މަޤާމަށް ލިބޭ އެލަވަންސް:
  • ސާރވިސް އެލަވަންސް: -/1500 (ފަނަރަ ސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 
  • ލިވިންގ އެލަވަންސް: -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  •  އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ،

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS ރޭންކްގައި މަދުވެގެން 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  • މަޤާމުގެ މަސްއޫލިއްޔަތު:
  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވާރކް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ އެންމެހާ ކަންކަންކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

އަދި މީގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.

  • ހުށަހަޅަންޖެހޭ ތަކެތި:
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ )
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު ( ސީ.ވީ )
  • ސުންގަޑި:
  • 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:00

އެހެނިހެން މަޢުލޫމާތު:

މި އިޢުލާނަކީ، މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު: J03C/2015/14ފ(29 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ މީހަކު ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އެކަމަށް އެދޭ ފަރާތެއް ހޯދުމަށް އަލުން ކުރެވުނު އިޢުލާނެކެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި، ރަށްރަށުގެ ކޮމްޕިއުޓަރާއި ނެޓްވާރކް އަދި މެޝިނަރީއާއި އިކްވިޕްމަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އެރަށްރަށަށް ދެވޭނެ ފަރާތްތަކަށާއި ކޮމްޕިއުޓަރު މަރާމާތުކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

03 މާރިޗު 2016
ހޯދާ