މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މަޤާމު: ޑްރައިވަރ

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޓްރާންސްޕޯޓް އެންޑް ފެރީ ސަރވިސަސް

ޝަރުޠު:

  • ޑްރައިވިންގ ލައިސަންސް B1 ,C1 އަދި B2 ކެޓަގަރީ އޮތުން.

  • ޑްރައިވިންގ ލައިސަންސް C2 އާއި B0 ކެޓަގަރީ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

  • އުމުރު: 20 އަހަރާއި 35 އަހަރާ ދެމެދު.

  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/10,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސެކްޝަނުގައި ބޭނުންކުރާ ވެހިކަލްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދުއްވުން.

- އެއްތަނުން އަނެއް ތަނަށް ދަތުރުކުރާއިރު ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވެ، ދަތުރުވެރިން ވެހިކަލަށް އަރައި ފޭބުމުގައި އެހީތެރިވުން.

- ވެހިކަލްތައް ސާފުކުރުމާއި އަދި ޙަވާލުކުރެވޭ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސީވީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ 

ކުރިމަތިލުމުގެ ސުންގަޑި:  2016 މާރިޗު 9 ވަނަ ދުވަހުގެ 16:00 ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް،

އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު : ފޯނު –3325511

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

 

01 މާރިޗު 2016
ހޯދާ