އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޓީޗަރ (ޢަރަބި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

 ޓީޗަރ (ޢަރަބި)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އޮތް އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިނގިލި

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އދ. އަތޮޅު މަދަރުސާ – އެކަޑަމިކް ސެކްޝަން (ގުރޭޑް 1-7)

މަޤާމުގެ ނަން

މުސާރަ

ކުލެސިފިކޭޝަން

ރޭންކް

އަސާސީ ޝަރުޠު

ސީނިއަރ ޓީޗަރ

-/10،640 ރުފިޔާ

CS15

CS15-5

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS15-4  ގެ  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/10،320 ރުފިޔާ

CS15-4

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS15-3  ގެ  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/10،100 ރުފިޔާ

CS15-3

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS15-2  ގެ  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/9،910 ރުފިޔާ

CS15-2

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

ޓީޗަރ

-/9،850 ރުފިޔާ

CS13

CS13-5

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS13-4  ގެ  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/9،360 ރުފިޔާ

CS13-4

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS13-3  ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/8،890 ރުފިޔާ

CS13-3

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS13-2  ގެ  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/8،440 ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

ޓީޗަރ

-/8،250 ރުފިޔާ

CS11

CS11-5

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS11-4  ގެ  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/7،840 ރުފިޔާ

CS11-4

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS11-3   ރޭންކުގައި  މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/7،450 ރުފިޔާ

CS11-3

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS11-2   ރޭންކުގައި  މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/7،070 ރުފިޔާ

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ގްރޭޑްތަކުގެ ކުލާސްތަކުގައި ކިޔަވައިދިނުން.

- ލީޑިންގ ޓީޗަރާއި ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކިޔަވައިދިނުމާއި، ކުދިންނާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

އިތުރު އެލަވަންސްތައް:

 

- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/2،500 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- އެކްރެޑިޓްކޮށްގެން ހުށަހަޅާ ކިޔަވައިދިނުމާ ގުޅޭ ސެޓްފިކެޓްތަކަށް އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށްޓަކައި  އިންޓަވިއުކުރުން  އޮންނާނީ، 10 މާރިޗު 2016 އާއި 17 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.  އެކަން މި މަދަރުސާއިން އެފަރާތްތަކަށް އަންގަމުންގެންދާނެއެވެ.  

ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުގަމށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 9 ވާ ބުދަ ދުވަހުގެ 13:00 އެވެ.

 

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު،  އޭގެ  ތެރެއިން  އެންމެ  މަތީ  މާކްސް  ލިބޭ،  އަދި  އެންމެ  ޤާބިލްކަމަށް  ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ސްކޫލުގެ 6680021 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ