މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދުގައި އަޅާފައިވާ 2 ހޮޅިލައިން ބޭރަށް ޖައްސައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މިރަށު ޓޫރިޒަމް ޒޯން ތަރައްޤީ ކުރުމުގެ ގޮތުން އެސަރަޙައްދާއި ކައިރީގައި މޫދުގައި އަޅާފައިވާ 2 ހޮޅިލައިން ބޭރަށް ޖައްސައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއާށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6642024 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ