ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އޭ ބްލޮކު ހިންގާ އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ އޭ ބްލޮކު (ކޮމިޔުނިޓީ ސަރވިސް ސެންޓަރ) ހިންގާ އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

9 މާރިޗު 2016

ބުދަ

12:00 (މެންދުރު)

އަންދާސީހިސާބު ހުށަހެޅުއްވުން

16 މާރިޗު 2016

ބުދަ

12:00 (މެންދުރު)

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ