ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލްގެ ޕީޓީއޭގެ ފަރާތުން ބާއްވާ ޑިނަރނައިޓް ބާއްވައިދޭނޭ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާނަށް IUL)MUH-01/1/2016/17) އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލުކޮށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް އަލުން އިޢުލާން ކުރަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި |
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.