ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ކުޑަކުދިންގެހިޔާއާއި އަމާންހިޔާގެ ވަށާފާރު އުސްކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ކުޑަކުދިންގެހިޔާ އާއި އަމާންހިޔާގެ ވަށާފާރު އުސްކުރުން

ކުޑަކުދިންގެހިޔާ އާއި އަމާންހިޔާގެ ވަށާފާރު އުސްކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި ވިލިނގިލި ކުޑަކުދިންގެހިޔާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

 10 މާރިޗު 2016 ދުވަހުގެ 10:00 އަށް

17 މާރިޗު 2016 ދުވަހުގެ 11:00 އަށް

2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ނުވަތަ އަންދާސީހިސާބުން ބައެއް ވިޔަސް ބަލައިނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއާއި، އައި.ޑީ.ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ