ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލައިޓިންގ ހެދުމަށް ބޭނުންކުރާ ލައިޓްތަކުގެ 'ޓިއުބު' ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PROC-27-ENG/2015/290

 

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ސްޓޫޑިއޯ ޕްރޮގްރާމްތަކުގައި ލައިޓިންގ ހެދުމަށް ބޭނުންކުރާ ލައިޓްތަކުގެ ''ޓިއުބު'' ގަންނަން ބޭނުންވެގެން ކުރެވުނު IUL) PSM-FP/PSM/2015/185) ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ޕްރޮޕޯޒަލްތަކުގައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެ ޕްރޮޕޯޒަލްތައް ބާޠިލުކޮށް، ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

21 ޖުމާދަލްއޫލާ 1437 

01 މާރިޗު 2016
ހޯދާ