ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕަށް މުވައްޒަފުން ހޯދުން:

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ކުރެވުނު މި އިދާރާގެ IUL)420-AS/242/2016/8) ނަންބަރުގެ އިޢުލާނުގައިވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު:

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

5 (ފަހެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް:

ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

މަޤާމުގެ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިހުރި މީހަކަށްވުން.

 

 

 

 

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިސްކިތުގޯތި (1) މަގާއެކު ސާފުކޮށް ބެލެހެއްޓުން.

2- މިސްކިތުގޯތި (2) މަގާއެކު ސާފުކޮށް ބެލެހެއްޓުން.

3- ރަތަފަންދޫ ވަލުމިސްކިތުގެ މަގު ސާފުކޮށް ބެލެހެއްޓުން.

4- ރަތަފަންދޫ އަތިރިމަތީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

5- ރަތަފަންދޫ ޖެޓީގެ އުތުރުން ހަދާފައިވާ ހުރަސްފަސްގަނޑު ސާފުކޮށް ބެލެހެއްޓުން.

6- ރަތަފަންދޫ އަމީނީމަގުގެ އިރު ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

7- ރަތަފަންދޫ އަމީނީމަގުގެ ހުޅަނގުކޮޅު ދިރާގުސައިޓުގެ ކުރިމަތީ މަގުގެ އަނެއްފަރާތް ސާފުކޮށް ބެލެހެއްޓުން.

8- ރަތަފަންދޫ ފުޓްބޯޅަ ދަނޑުގެ މަގުތައް ސާފުކޮށް ބެލެހެއްޓުން.

9- ރަތަފަންދޫ ޗަނބޭލީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

10- ރަތަފަންދޫ މަންޒިލްމަގުގެ އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

11- ރަތަފަންދޫ ނަސީމީހިނގުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

12- ރަތަފަންދޫ އައްސޭރިހިނގުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

13- ރަތަފަންދޫ އަންބަރީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

14- ރަތަފަންދޫ ނަރުގިސްމަގު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

15- ރަތަފަންދޫ ބީޗްރޯޑް އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

16- ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދި ފޮނުވާ ސިޓީ.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއެކު (ސީވީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާ އެއްގައިއުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 މާރިޗު 8 ވާ އަންގާރަ ދުވަހުއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާ،ނީ ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 6 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު،  އޭގެ  ތެރެއިން  އެންމެ މަތީ   މާކްސް  ލިބޭ،  އަދި  އެންމެ  ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

   19 ޖުމާދަލްއޫލާ 1437
28 ފެބުރުވަރީ 2016
ހޯދާ