ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ޑިރެކްޓަރުކަމުގެ ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ IUL)95-A/1/2016/11) ނަންބަރުގެ އިޢުލާނާ ގުޅިގެން މި މަޤާމަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ. އަލުން އިޢުލާން ކުރިނަމަވެސް، ކުރިން މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން އަލުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

މަޤާމް:       

ޑިރެކްޓަރ

މަޤާމުގެ ރޭންކް: EX1  

ކޯޓް / ސެކްޝަން:

ހައިކޯޓު (އައި. ޓީ ސެކްޝަން)

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:

-/8،835 ރުފިޔާ

ސަރވިސް އެލަވަންސް:             

-/2،000 ރުފިޔާ

ލިވިންގ އެލަވަންސް:

-/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް:

3،975/75 ރުފިޔާ

މަޤާމުގެ  ޝަރުތު:

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސަސއްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، MS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ކޯޓަށް ބޭނުންވާ އިންފޮމޭޝަން ސިސްޓަމްތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ފަރުމާކޮށް ޤާއިމްކުރުން.
  2. ކޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެންމެހައި އާލާތްތަކާއި، ނެޓްވޯރކާއި، ޕްރޮގްރާމްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  3. ކޯޓުގެ ކޮމްޕިއުޓަރ ވިއުގަ ބެލެހެއްޓުން.
  4. ކޯޓުގެ މައްސަލަތަކުގެ ތާވަލުތަކާއި ކޯޓުގެ ނިންމުންތައް ވެބްސައިޓުގައި ޝާއިޢުކުރުމުގައްޔާއި، ކޯޓުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކޯޓުގެ ކޮމްޕިއުޓަރުތަކާއި، އެއާ ގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  6. ކޯޓުގެ ވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  7. ޝަރީޢަތްތައް ރެކޯޑްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަމަށްޓަކައި ޝަރީޢަތްކުރާ ހޯލުގައި ގެންގުޅޭ މެޝިނަރީތަކާއި އިކުއިޕްމެންޓްތައް މެއިންޓެއިންކުރުން.
  8. ސެކްޝަނުގެ މަސައްކަތް ހަލުއިވާނެ ގޮތްތަކުގެ މައްޗަށް ބަލައިގެން މުވައްޒަފުންނަށް މަސައްކަތް ބަހާލައި، މަސައްކަތް އިންތިޒާމުކޮށް ހިންގުން.
  9. ސެކްޝަނުގެ މަސައްކަތް ރާވައި އިންތިޒާމްކޮށް ހިންގުމާއި، ސެކްޝަނުގެ މަސައްކަތް އަހަރަކު އެއްފަހަރު ރިވިއުކޮށް، ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރަށް ހުށަޅައިގެން ގެނައުން.
  10. ޚާއްޞަ ޙާލަތެއް ދިމާވެގެން ހަވާލުކުރެވޭ މަސައްކަތްވެސް ޒިންމާދާރުކަމާއެކު ކުރުން.
  11. ތަނުގެ ސިއްރު ހިފަހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރަން މަސައްކަތް ކުރުމާއި، މަޞްލަޙަތަށް ބުރޫއަރާފާނެ އެއްވެސްކަމެއް ނުކުރުން.
  12. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުވުމަށްޓަކައި ކޯޓުން ކަނޑައަޅާ ކޯސް، ސެމިނާރު، ވޯކްޝޮޕް، މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުން.
  13. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ، އެ މަސައްކަތެއް ކުރުން.
  14. މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން.

ޑިރެކްޓަރގެ މަޤާމަށް އެދި ހުށަހަޅާފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓް www. highcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު، އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ އެ އޮފީހަކުން ދޫކުރައްވާފައިވާ ލިޔުން.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  7. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  8. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  9. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނެފަދަ ލިޔުމެއް ހުށަހެޅުން.
  10. ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
  11. ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ  ލިޔުމާއި،  ޓްރާންސްކްރިޕްޓާއި،  އެ  ކޯހަކީ  މޯލްޑިވްސް  ކޮލިފިކޭޝަން  އޮތޯރިޓީން  ގަބޫލުކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40

- ލިބިފައިވާ ތަޖުރިބާ: % 8

- ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު):  %40

- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): % 7

- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާގު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): %2.5

ސުންގަޑި:

2016 މާރިޗު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016
ހޯދާ