ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗުދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ލޯންޗުދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

މިޑިޕާޓްމަންޓުން 2016 ވަނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ މޭ/ޖޫން އޭލެވެލް / އެޗް އެސް ސީ އިމްތިޙާނުގެ ސުވާލުކަރުދާސްތައް އަތޮޅުތަކަށް ގެންދިޔުމާއި ގެނައުމަށް ކުރާ ލޯންޗުދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 21 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ