މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޙަފުލާއަކަށް ރޭގަނޑު ކެއުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ތިން ރުއް ޕާކު އަލުން ތަރައްޤީކުރުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާތީ، އެދުވަހަށް 1،000 މީހުންގެ ރޭގަނޑު ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 08 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 10 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
21 ޖުމާދަލްއޫލާ 1437
01 މާރިޗު 2016
ހޯދާ