މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ހުރި އޮޕްޝަންތަކުގެ އެނަލިސިސްއެއް ހެދުމާއި އިޤްތިޞާދީގޮތުން އެންމެ އެކަށީގެންވާ އޮޕްޝަނެއް ކަނޑައެޅުމަށްފަހު ފީޒިބިލިޓީ ސްޓަޑީއެއް ހެދުން އަދި ދެކުނު ސަރަޙައްދުގައި ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒެއް ހެދުމަށް ބޭނުންވާ ތަފުސީލީ ޑިޒައިންތައް ތައްޔާރުކުރުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރާންޓް ނަންބަރު: TF019383

ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ހުރި އޮޕްޝަންތަކުގެ އެނަލިސިސްއެއް ހެދުމާއި އިޤްތިޞާދީގޮތުން އެންމެ އެކަށީގެންވާ އޮޕްޝަނެއް ކަނޑައެޅުމަށްފަހު ފީޒިބިލިޓީ ސްޓަޑީއެއް ހެދުން އަދި ދެކުނު ސަރަޙައްދުގައި ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒެއް ހެދުމަށް ބޭނުންވާ ތަފުސީލީ ޑިޒައިންތައް ތައްޔާރުކުރުން

ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނު އެހީއިން ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ހުރި އޮޕްޝަންތަކުގެ އެނަލިސިސްއެއް ހެދުމާއި އިޤްތިޞާދީގޮތުން އެންމެ އެކަށީގެންވާ އޮޕްޝަނެއް ކަނޑައެޅުމަށްފަހު ފީޒިބިލިޓީ ސްޓަޑީއެއް ހެދުން. އަދި ދެކުނު ސަރަޙައްދުގައި ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒެއް ހެދުމަށް ބޭނުންވާ ތަފުސީލީ ޑިޒައިންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދުތަކަކީ: (1) ދެކުނު ސަރަޙައްދުގެ ކުނިމެނޭޖްކުރުން ހަރުދަނާ ކުރުމުގެ މަޤްޞަދުގައި މިހާތަނަށް ހެދިފައިވާ ދިރާސާތަކާއި ޕްލޭންތައް މުރާޖަޢާ ކުރުމަށްފަހު، ކުނި މެނޭޖްކުރުމާގުޅޭ ޤާނޫނީ އޮނިގަނޑާއި ކަމާގުޅޭ ސިޔާސަތުތަކަށް ރިޢާޔަތްކޮށް، ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ހުރި އޮޕްޝަންތަކުގެ އެނަލިސިސްއެއް ހެދުން؛ (2) އޮޕްޝަންސް އެނަލިސިސްގައި ފާހަގަކުރެވުނު ކަންތައްތަކުގެ އަލީގައި ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުން އެންމެ  އެކަށީގެންވާ އޮޕްޝަނެއް ކަނޑައެޅުމަށްފަހު، އެކަނޑައެޅޭ އޮޕްޝަންގެ ދަށުން ކުނިޖަމާކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި އިޢާދަކުރުމާއި ޑިސްޕޯސްކުރުމާގުޅޭ އެންމެހާ ކަންތައްތަކަށް ރިޢާޔަތްކޮށް ފީޒިބިލިޓީ ސްޓަޑީއެއް ހެދުން؛ (3) އިސްވެ ދެންނެވުނު 2 މަސައްކަތުގެ ނަތީޖާއަށް ބިނާކޮށް ދެކުނު ސަރަޙައްދުގައި ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒެއް ހެދުމަށް ބޭނުންވާ ތަފުސީލީ ޑިޒައިންތައް (ކުރެހުންތައް) ތައްޔާރުކުރުމެވެ.

މި މަސައްކަތް އަމާޒުކުރެވެނީ މައިގަނޑުގޮތެއްގައި އައްޑޫސިޓީއާއި ފުވައްމުލަކަށް ކަމަށްވީ ނަމަވެސް، ދިރާސާގެ ބޭނުމަށް ހުވަދުއަތޮޅު ދެކުނުބުރި (ގދ. އަތޮޅު) ވެސް މިމަސައްކަތުގެ ތެރޭގައި ހިމަނަންވާނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން އަދި ތަޖުރިބާ ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) އޮޕްޝަން އެނަލިސިސް އަދި ފީޒިބިލިޓީ ސްޓަޑީހެދުމުގެ ތަޖުރިބާ ލިބިފައިވުން؛ 2) ތަރައްޤީވަމުން އަންނަ ޤައުމެއްގައި ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގެ ތަފުސީލީ ޑިޒައިންތައް ތައްޔާރުކުރުމުގެ ނުވަތަ ޤާއިމުކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން؛ އަދި 3) ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިތުރު ފަރާތްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް ޖަނަވަރީ 2011ގައި އެކުލަވާލެވިފައިވާ ވާރލްޑްބޭންކް ގައިޑްލައިންސްގެ 1.9ވަނަ ޕެރެގްރާފަށް ސަމާލުކަންދިނުމަށް އެދެމެވެ.

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވާރލްޑްބޭންކް ގައިޑްލައިންސް: IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް ޖަނަވަރީ 2011 ގައިވާ QCBS އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 14 މާރިޗު 2016 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

29 ފެބުރުވަރީ 2016
ހޯދާ