މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަކެތި ޗާޕުކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕުކުރުމަށް ބޭނުންވެގެން 2016 ފެބުރުވަރީ 18 ވަނަދުވަހު ކޮށްފައިވާ ނަންބަރު IUL)202-A/1/2016/23) އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިތަކެތި ޗާޕުކުރުމަށް އިޢުލާންކުރަމެވެ.

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފޮތް

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 08 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށެހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

16 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ