ފެމިލީ ކޯޓް
ދިވެހިރާއްޖެ
މީޑިއޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ މީޑިއޭޓަރގެ މަޤަމަށް މީހަކު ހޯދުމަށްޓަކައި 26 ޖަނަވަރީ 2016 ގައި ކޮށްފައިވާ 146A1/2016/29 ނަންބަރުގެ އިޢުލާނާ ގުޅިގެން، މަޤާމުގެ ޝަރުޠު ހަމަވާ މީހުން އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

މީޑިއޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަސައްކަތް ކުރަންޖެހޭ ތަން:

ފެމިލީކޯޓު / އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައި

އަސާސީ މުސާރަ:

-/7،035 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ.

- ލިވިންގ އެލަވަންސް -/2700 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުންދިއުމާއެކު، މަޤާމާ  ގުޅޭ ދާއިރާއަކުން އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަސްއޫލިއްޔަތު:

- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފޮނުވާ މައްސަލަތަކާއި، ހަމަޖެހިފައިވާ ގޮތުގެމަތިން ޞުލްޙައަށް ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރުން.

- ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް.

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން.

- މުޢާމަލާތުކުރުމުގެ ހުނަރު.

- އެޓިޓިއުޑް.                     .

- ދިވެހިބަހުން ތަކެތި ލިޔުމާއި، ޖުމްލަ ހަމަޖެއްސުމުގެ ހުނަރު.

- ރިޕޯޓް ލިޔުމުގެ ހުނަރު.

- ވާހަކަދެއްކުމުގެ ހުނަރު.

- ޓީމް ވާރކް.

- އިސްނެގުން.

- މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު.

- ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން.

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ފާއިތުވީ ދެ އަހަރުދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ، ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

- ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ.

- ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

17 މާރިޗު 2016 ގެ 14:30 ގެ ކުރިން.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން، އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލްކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

15 ޖުމާދަލްއޫލާ 1437

 

24 ފެބުރުވަރީ 2016
ހޯދާ