ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސްޕޯޓްސް ސުޕަވައިޒަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2

ރޭންކް:

ޖީ. އެސް 4

މުސާރައާއި އެލަވަންސް:

މުސާރަ: -/5020ރ  ސަރވިސް އެލަވަންސް : -/1500ރ

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމު އޮތް އޮފީސް:

ކެންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް :

ކެންދޫ ސްކޫލް / ބ. ކެންދޫ

މައިގަނޑު މަސްއޫލިއްޔަތު:

1. ސްކޫލްގައި ހިންގޭ ކުޅިވަރުތަކާއިގުޅޭ ހުރިހާ ޙަރަކާތެއް ޕްރިންސިޕަލް ނުވަތަ ޑެޕިޔުޓީ ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

2. ހަށިގަނޑުގެ ތަރުބިއްޔަތު ގަޑިއަށް އެކި ގްރޭޑްތަކަށް ބޭނުންވާ ތަކެތި ހޯދައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަކެތި ހަމަކުރުން.

3. ހަށިގަނޑުގެ ތަރުބިއްޔަތު ގަޑީގައި ޓީޗަރުން އެގަޑި ނަންގަވާގޮތް އޮބްޒަރވްކުރައްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދެއްވުން. (ހަފުތާއަކު މަދުވެގެން 1 ގަޑި އޮބްޒަރވްކޮށް ފީޑްބެކް ދެއްވުން.)

4. ޕީ.އީ ނަންގަވައިދެއްވާ ޓީޗަރަކަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި އެޓީޗަރުންގެ ޕީ.އީ ގަޑިތައް ނެންގެވުން.

5. އިންޓަރކްލާހަށް އަމާޒުކޮށްގެން ރާވާ ޙަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލް ތައްޔާރުކުރުމާއި، މުބާރާތް ރާވައި ހިންގުން.

6. އިންޓަރކްލާސް މުބާރާތްތަކުގެ ފަރިތަކުރުންތަކުގައި ޓީޗަރުންނަށް އެހީތެރިވުން.

7. ދަރިވަރުންގެ ކިބައިގައިވާ ތަފާތު ހުނަރުތައް (ކުޅިވަރާގުޅޭ) ދެނެގަނެ އެހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން.

8. ކުޅިވަރު ޙަރަކާތްތަކަށް އަންނަ ދަރިވަރުން ސްކޫލްގެ ގަވާއިދުތަކަށް ކިޔަމަންވޭތޯ ބައްލަވައި ގަވާއިދާ ޚިލާފުވާނަމަ އެކަން އިޞްލާޙުކުރުން.

9. ރިސޯސްބޭފުޅަކަށް ޕްރެކްޓިހަށް ހާޒިރުނުވެވިއްޖެ ހިނދެއްގައި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ބަލައި މޮނިޓަރ ކުރެއްވުން. އަދި ޕްރެކްޓިސް ގަޑި ނަންގަވައިދެއްވުން.    

މަޤާމުގެ ދާއިރާ:

- ކުޅިވަރުގެ ދާއިރާ                                                       

- ކިޔަވައިދިނުމުގެ ދާއިރާ

ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން ދެމާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް  ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތަށް ކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ކިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާ ކުރައްވާ އޮފީހުގެ ލިޔުމެއް.

- ސިވިލްސަރވިސްގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާކުރާ ފޯމު"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި: މިމަޤާމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި މަތީގައި ބަޔާކުރެވިފައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލްސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 08 މާރިޗު 2016 އާއި 10 މާރިޗު 2016 އާ ދެމެދު ކެންދޫ ސްކޫލުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 6600315 އާ ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2016
ހޯދާ