މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020 ގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް ޤައުމީގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ދާއިރާގައި މިގޭސް ބޭނުންކުރުން ހުއްޓާލުމަށް މަސް ފިނިކޮށް ރައްކާކުރުން، މަހުން ތަކެތި އުފެއްދުން އަދި މަސް ގެންގުޅުމުގައި ރެފްރިޖަރެންޓެއްގެ ގޮތުގައި ބޭނުންކުރާ އެޗް. ސީ. އެފް. ސީ ގޭހުގެ ބަދަލުގައި ތިމާވެށްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުންނުދޭ ތަކެތި ބޭނުންކުރާނެގޮތް ފަރުމާކޮށް އެފަދަ ތަކެތި ބޭނުންކުރާނެގޮތެއް ހޯދައި އެކުލަވާލާނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މާރިޗު 07 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އޯޒޯން ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018369

ފެކްސް: 3018301

ވެބްސައިޓް: www.environment.gov.mv

29 ފެބުރުވަރީ 2016
ހޯދާ