އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ ކޯސް ހިންގުމަށް

އިޢުލާން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި އއ. އަތޮޅުކައުންސިލް ގުޅިގެން ތިރީގައި ދަންނަވާފައި މިވާ ދެ ކޯސް އއ.ރަސްދޫގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

މުއްދަތު:

6 މަސް

ކިޔެވުން ފެށޭ ތާރީޚު:

މާރިޗު 2016

ކިޔެވުން އޮންނަ ދުވަސްތައް:

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބްލޮކް މޯޑް)

ބައިވެރިވުމުގެ ޝަރުޠު:

  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • ޢުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސެޓުފިކެޓު 3 އިން އެކައުންޓިންގ އެންޑް ފައިނޭންޝަލް އެޑްމިނިސްޓްރޭޝަން

މުއްދަތު

6 މަސް

ކިޔެވުން ފެށޭ ތާރީޚު

މާރިޗު 2016

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބްލޮކް މޯޑް)

ބައިވެރިވުމުގެ ޝަރުޠު

  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • ޢުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެޕްލިކޭޝަންފޯމު ލިބެން ހުންނާނީ

އއ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ އއ. އަތޮޅު ކައުންސިލުގެ އިދާރާއިން.

ހުށަހަޅަންވީ ތާރީޚު

10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އއ. އަތޮޅު ކައުންސިލް އިދާރާއަށް.

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު
  • އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ
  • އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން
  • ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/1000 ރުފިޔާ ( އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ )

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން.

އިތުރު މަޢުލޫމާތު

ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660606 ނަންބަރު ފޯނަށް

ވީމާ، މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ