އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގެ ކުއްޔަށް ހިފުން

އިޢުލާން

ގެ ކުއްޔަށް ހިފުން

2016 ވަނަ އަހަރު މިމަދަރުސާގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް 15 ފެބުރުވަރީ 2016 ވަނަ ދުވަހު ކުރި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތައް މަދުވުމުން އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، ގެ ކުއްޔަށް ދޫކުރަން ގަސްތުކުރައްވާ ފަރާތްތަކުން 01 މާރިޗު 2016 ވާ އަންގާރަދުވަހުގެ 13:30 އަށް އދ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އދ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680021 ފޯނު ނަންބަރަށެވެ.

24 ފެބުރުވަރީ 2016
ހޯދާ