އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކުޑަކުދިންގެ ޕާކުގައި ކުލަ ލައި ބިންގަނޑު އެއްވަރުކުރުން

އިޢުލާން

ރަސްދޫ ކުޑަކުދިންގެ ޕާކުގައި ކުލަ ލައި، ބިންގަނޑު އެއްވަރުކުރުން:

މިރަށު ކުޑަކުދިންގެ ޕާކުގެ ވަށާފާރުގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުލަ ލައި، ޕާކުތެރޭގެ ބިންގަނޑު އެއްވަރުކޮށް ފަސްއަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބޭނުންވާ ކުލަ ހޯދާނީ ކައުންސިލުންނެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 07 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މާރިޗު 14 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާންޖެހޭނީ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއާ އެކުގައެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

24 ފެބުރުވަރީ 2016
ހޯދާ