އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕޯސްޓް ބެޑުގައި ތަޅުން އެޅުން

އިޢުލާން

ކޮމްޕޯސްޓް ބެޑުގައި ތަޅުން އެޅުން:

ރަސްދޫ ސްޓެލްކޯ އިންޖީނުގެ އާއި ރަސްދޫ ކުނިކޮށްޓާ ދޭތެރޭގައި އޮތް ހުސްބިމުގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ވަށާފާރެއް ރާނައި ތަޅުން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 07 ވަނަ ދުވަހުގެ 13:30 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މާރިޗު 14 ވަނަ ދުވަހުގެ 13:30 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާންޖެހޭނީ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއާ އެކުގައެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

24 ފެބުރުވަރީ 2016
ހޯދާ