ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައެއް ކްލާސްރޫމުތަކުގައި ތަށިމުށި ޖަހައިދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ބައެއް ކްލާސްރޫމުތަކުގައި ތަށިމުށި ޖަހައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (02.02.2016) GS43-B/2016/01 އިޢުލާން ބާޠިލުކޮށް އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

17 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ