މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ކަޅުހަން ސަޕްލައިކޮށް ސައިޓަށް ޑެލިވަރ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ކަޅުހަން ސަޕްލައިކޮށް ސައިޓަށް ޑެލިވަރ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ 5000 ލީޓަރުގެ 15 ކަޅުހަން ސަޕްލައިކޮށް ސައިޓަށް ޑެލިވަރކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައެވެ.

ބިޑް ހުޅުވުން އޮންނާނީ 14 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

ހ. "މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ 5000 ލީޓަރުގެ 15 ކަޅުހަން ސައިޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

29 ފެބުރުވަރީ 2016
ހޯދާ