މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ތިމާވެށްޓާބެހޭ މަޖައްލާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީން ކޮންމެ މަހަކު ނެރުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ މަޖައްލާ "ޕެމްފިސް"  ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ކޮންމެ މަހަކު ނެރުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ މަޖައްލާ "ޕެމްފިސް" މިހިނގާ އަހަރު ޗާޕުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މި މަޖައްލާ ޗާޕުކުރަންވީ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަޖައްލާ ޗާޕުކުރުމާ ބެހޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 7 މާރިޗު 2016 ވާ ހޯމަ ދުވަހު، 10:00 ގައި މި މިނިސްޓްރީގައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  •  ގަނޑަކަށް ޗާރޖު ކުރާ ރޭޓް.
  • ފޮތެއް ބައިންޑްކޮށް ނިންމޭނެ އަގު (ފޮތުގެ ގަނޑުތަކުގެ އަދަދު 8 – 16 ދެމެދު)
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލާން ހުށަހަޅުއްވާ ސިޓީ އުރައިގައި " 'ޕެމްފިސް' މަޖައްލާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 13 ވަނަ ދުވަހު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:     337 8 301 (960) + ނުވަތަ 300 8 301 (960)+ 

ފެކްސް:        301 8 301  (960) +

އީމެއިލް:  [email protected]

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓުގައި " 'ޕެމްފިސް' މަޖައްލާ  ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

 

29 ފެބުރުވަރީ 2016
ހޯދާ